ރާއްޖެ އާއި މެލޭޝިޔާ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި މެލޭޝިޔާއާ ދެމެދު ދެ ދާއިރާއަކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި ދެ އެެއްބަސްވުމަކީ ދިފާއީ ދާއިރާއިންނާއި ދީނީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ސޮއިކުރި ދެ އެއްބަސްވުމެވެ.

ދިފާއީ ދާއިރާގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ. ދީނީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ދެ އެއްބަސްވުމުގައިވެސް މެލޭޝިޔާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ މިނިސްޓާ އޮފް އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ ޖޯހަރީ އަބްދުލް ޣަނީ އެވެ.

ރައީސް އޮފީހުގައި މިއަދު ވަނީ ދެ ގައުމުގެ އެންމެ އިސްވެރިންގެ މެދުގައި ރަސްމީ މަޝްވަރާތައްވެސް ކުރިއަށް ގެންދަވާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *