ރާއްޖެ އިޝްތިހާރުކުރަން ދެ އެއާލައިނަކާއެކު އެއްބަސްވުމަކަށް

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ދެ އެއާލައިނަކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީއެމްސީއާ އެކު ސޮއިކުރި ދެ އެއާލައިނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ގެންނަ އެއާލައިންތަކުގެ ތެރޭގައި ހިމެނޭ އެމިރޭޓްސް އާއި ގަތަރު އެއާވޭސް އެވެ.

މި ދެ އެއާލައިނާ އެކު ސޮއިކުރީ ދުބާއީގައި މިހާރު ކުރިއަށްދާ އޭޓީއެމް ފެއާގެ ތެރެއިން ވަކިވަކިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ވީއެމްސީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ފަރާތުން އެ އެއާލައިންގެ ސީނިއަ ވައިސް ޕްރެޒިޑެންޓް-ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަހްމަދު ސޮއި ކުރެއްވިއިރު ގަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޕްރެޒިޑެންޓް، އެފްރިކާ ގްލޯބަލް ލެޝަސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒް އެވެ.

ވީއެމްސީން ބުނީ މި އެއްބަސްވުމުގެ ދަށުން އެންމެން ގުޅިގެން ރާއްޖެ މާކެޓް ކުރުމަށާއި، އާ މާކެޓްތައް ހޯދައި ކަނެކްޓިވިޓީ އިތުރުކުރަން މަސައްކަތް ކުރާނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *