މެލޭޝިއާގައި ރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
މި ހިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް މުއިއްޒު އެވެ.
ޕާސްޕޯޓާއި އައިޑީކާޑު ހަދައިދިނުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިޙްސާން ވަނީ އައިޑީ ކާޑު އަދި ޕާސްޕޯޓު ދެ ފަރާތަކާ ހަވާލުކުރައްވާފަ އެވެ.
މިއީ ރާއްޖޭއިން ބޭރުގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ.
ސްރީލަންކާއާއި، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ހިދުމަތް ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.




