ޒުވާނުންކުރާ އިހުތިޖާޖުގައި މޭޑޭ އާއި ގުޅޭ އެއްވެސް ކަމެއް ނުކުރާނެ

ފެންޓެނޯއީގޭގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ޔުމްނު ރަޝީދުއައް އިންސާފު ހޯދައިދިނުމަށް ޒުވާނުން މިހާރު ކުރަމުންދާ އިހުތިޖާޖުގައި މޭޑޭ އާއި ގުޅޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށް މި މުޒާހަރާ އިންތިޒާމުކުރާ ފަރާތުން ބުނެފި އެވެ.

މި މުޒާހަރާ އިންތިޒާމުކުރާ ފަރާތުން މިހެން ބުނެފައި ވަނީ، މިއަދު އެ މީހުން ”ދަ ޔުނައިޓެޑް ޔޫތު އޮފް ދަ ނޭޝަން“ ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެމީހުން ބުނެފައި ވަނި، އެހެން ރޭތަކަކޭވެސް އެއްފަދައިން މިރޭވެސް 8:00 ގައި އެއްވުން ކުރިޔައްދާނެ ކަމަށާއި، 12:00 ޖަހާއިރު މި އެއްވުން ނިންމާލާނެ ކަމަށެވެ. އަދި މާދަމާ މި އެއްވުން ކުރިޔައް ނުގެންދާނެ ކަމަށާއި، އެއީ ސިޔާސި ކަންކަން މި އެއްވުމުގެ ތެރެއައް ނުވެއްދުމަށް ކަމަށްވެސް އެމީހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މޭޑޭ އަށްފަހު ޒުވާނުންގެ ހަރަކާތްތައް ކުރިޔައް ގެންދާނެ ކަމަށާއި، އަދި ކުރިޔައްވުރެ ވަރުގަދަވާނެ ކަމަށްވެސް އެމީހުން ބުނެފައިވެ އެވެ.

މި ސިލްސިލާ އެއްވުންތައް އެންމެ ފުރަތަމަ ފެށިގެންއައި އިރު ސިޔާސީ ބައެއް ޕާޓީތަކުން މި އެއްވުމުގެ ބައިވެރިންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިވާ ކަމަށް އެމީހުން ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *