އައިޖީއެމްއެޗްގެ އެންއައިސީޔޫގައި ފަރުވާ ދެމުންދާ ބައެއް ކުދިންގެ ކިބައިން ބޭހަށް ނުގުޑާ ނުރައްކާތެރި ޖަރާސީމެއް ފެނިއްޖެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ މައްސަލަ ފާހަގަވުމާއެކު ހަރުދަނާ އިންފެކްޝަން ކޮންޓްރޯލް ފިޔަވަޅުތައް އެޅިފައިވާތީ ހާލަތު މިހާރު އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ކުރެވިއްޖެ ކަމަށެވެ.
މި ބެކްޓީރިއާ އިތުރަށް ފެތުރެމުންދާ ފާހަގަކުރެވިފައި ނުވާ ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް — އައިޖީއެމްއެޗް އިން ބުނީ ބަލިމީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށެވެ.
މައްސަލައިގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށްވެސް އައިޖީއެމްއެޗް އިން މައުލޫމާތުދެ އެވެ.




