ހޫސީ ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ވަރުގަދަ ހަމަލާއެއް ދީފައިވާ ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.
ހޫސީންގެ ތަރުޖަމާނު ޔަހްޔާ ސާރީ ވަނީ އެ ޖަމާއަތުން އިސްރާއީލުގެ މުހިންމު އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް "އަސްކަރީ އޮޕަރޭޝަނެއް" ހިންގިކަން ކަށަވަރުކޮށްދީފަ އެވެ. ސާރީ ވިދާޅުވީ މި އޮޕަރޭޝަން ހިންގުމުގައި ހައިޕަރސޮނިކް މިސައިލް ބޭނުންކޮށްފައިވާ ކަމަށާއި އެ މިސައިލްތައް ވަރަށް ކާމިޔާބު ކަމެވެ.
މި ހަމަލާއާ ގުޅިގެން އިސްރާއީލުން އަދި ތަފްސީލީ މައުލޫމާތު ހާމަ ނުކުރެއެވެ. ނަމަވެސް އިސްރާއީލުން ވަނީ ހަމަލާތައް އެގައުމަށް އަމާޒުވިކަން ކަޝަވަރުކޮށްދީފައެވެ. މީގެ ކުރިންވެސް އިސްރާއީލުން އެ ގައުމަށް އަމާޒުވާ މިފަދަ ހަމަލާތައް ވަދަށް ސިއްރުކުރާކަން ފާހަގަ ކުރެވެއެވެ.




