ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ހަތިޔާރު ގެންގުޅެފައިނުވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޣައްސާން މިހެން ވިދާޅުވީ މިހާތަނަށް ރާއްޖެއިން ފޮނުވާލި އިންޑިއާ ސިފައިންގެ އަދަދާއި އިންޑިއާ ސިފައިން ރާއްޖޭގައި ގެންގުޅުނު ހަތިޔާރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
"އޭރު ހަރަކާތްތެރިވި އިންޑިއާ ސިފައިން އެއްވެސް ހަތިޔާރެއް ގެންގުޅެފައެއް ނުވޭ،" ޣައްސާން ވިދާޅުވި އެވެ.
ޣައްސާން ވިދާޅުވީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލާފައިވާ ކަމަށާއި ސިފައިން ފޮނުވާލީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ.
މިނިސްޓަރު ވަނީ އިންޑިއާ ސިފައިން ފޮނުވާލި ތާރީހުތައްވެސް ހާމަކުރައްވާފަ އެވެ.
އިންޑިއާ ސިފައިން ފޮނުވާލި ތާރީހުތައް
ހަނިމާދޫ – އޭޕްރިލް 7، 2024ގައި 12 ސިފައިން
ހަނިމާދޫ – އޭޕްރިލް 9، 2024ގައި 13 ސިފައިން
ލ. ކައްދޫ – މެއި 7، 2024ގައި 13 ސިފައިން
ލ. ކައްދޫ – މެއި 9، 2024ގައި 12 ސިފައިން
ސ. ގަން – މާޗް 7، 2024ގައި 12 ސިފައިން
ސ. ގަން – މާރިޗު 9، 2024ގައި 12 ސިފައިން
ރާއްޖޭގައި ބޭރު ގައުމެއްގެ ސިފައިން ގާއިމުވެ ތިބި ނަމަ އެ ބަޔަކު ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ރައްޔިތުންގެ މަޖިލިސް ޣައްސާން މައުމޫން




