މުލި އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި

ރާއްޖޭގައި އެންމެ ގިނަ ރީޖަނަލް އެއާޕޯޓްތައް ހިންގަމުން އަންނަ ކުންފުނި — ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން މ. މުލީ އެއާޕޯޓް ކޮމާޝަލް އޮޕަރޭޝަންތަކަށް ހުޅުވާލައިފި އެވެ.

މ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް ކަމަށްވާ، މުލި އެއާޕޯޓް ގެ މަސައްކަތް ނިމި ކޮމާޝަލް އޮޕަރޭޝަންތައް ފެށުމަށްޓަކައި ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަމުން އަންނަ އެއާލައިންތައް ކަމަށްވާ މޯލްޑިވިއަން، ވިލާ އަދި މަންތާއަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފައިވެ އެވެ.

އެއާޕޯޓްގެ މަޝްރޫއު އެއްކޮށް ނިމި ކޮމާޝަލް އޮޕަރޭޝަން ފެށުމަށްޓަކައި ރެގިއުލޭޓަރީ ގޮތުން އަޅަންޖެހޭ ޓެސްޓް ފްލައިޓްވެސް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ ޖައްސާފަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.

މި މަޝްރޫއުގެ ދަށުން 14 ހެކްޓަރުގެ ބިން ހިއްކާއި، 1،812 މީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި 1،200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ހަދައި، ޓެކްސީވޭއަކާއި އޭޕްރަން ގާއިމުކޮށްފައިވެ އެވެ.

މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން 221.7 މިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *