ޓެމޫގެ އޯޑަރުތައް އޮބިނޯވެގެން ޕޯސްޓް އޮފީހަށް ވަޒީފާއަށް މީހުން ހޯދަން އިއުލާން ކޮށްފި

ބޭރުގެ އޮންލައިން ޕްލެޓްފޯމްތަކުން، ޚާއްޞަކޮށް ޗައިނާގެ ޓީމޫއިން ގިނަ ދިވެހިން ވިޔަފާރިކުރަން ފެށުމާއި ގުޅިގެން ޕޯސްޓް އޮފީހަށް ބާރުބޮޑުވެ، ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ޓީމޫއިން އޯޑަރު ކުރާ އެއްޗެހި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭއިރު، ޕޯސްޓް އޮފީހަށް ބާރުބޮޑުވެ، ކަސްޓަމަރުންނާއި ހަމައަށް މުދާ ލިބުން މިހާރު ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ. މިކަމާއި ގުޅިގެން އާންމުންގެ ޝަކުވާތައް ގިނަވުމާއެކު ޕޯސްޓް އޮފީހުން ވަނީ ވަޒީފާއަށް މީހުން ހޯދުމަށް އިއުލާންކޮށްފައެވެ.

ޓީމޫއިން މީހުން އޯޑަރު ކުރާލެއް ގިނަކަމުން ޕޯސްޓް އޮފީހަށް އޮބިނޯންނަ ދަރަޖައަށް ގޮސްފައިވާކަން ފާހަގަކުރެވެއެވެ. ޕިކްޕޯސްޓްތައް ވެސް ފުރިގެން، މީހުން ތަކެތި ބަލައި ޕޯސްޓް ހެޑް އޮފީހަޮފީހަށް ދާން ޖެހިފައިވާ ކަމަށް ކަސްޓަމަރުން ދަނީ ބުނަމުންނެވެ.

ޕޯސްޓް އޮފީހުން މިދިޔަ ދިހަ ދުވަހުގެ ތެރޭގައި ދިހަ ވަޒީފާއަށް އިއުލާންކޮށްފައިވެއެވެ. މި ވަޒީފާތަކުގެ ތެރޭގައި ޕޯސްޓްމަނުންގެ ވަޒީފާ އާއި ސޭލްސް އޮފިސަރާއި މޭލް ކްލިއަރ ކުރުން ފަދަ ވަޒީފާތައް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *