ޑރ. މަޖީދާއި ގުޅުވައި އިމްރާން ފިތުނަ އުފެއްދުމަކީ ސިޔާސީ ގޮތުން ހައްދު ފަހަނަ އެޅުން: މުހްތާޒް

ޑރ. އަފްރަސީމް ގަތުލާއި ގުޅުވައި ބުހުތާނު ދޮގު ހެދި އިމްރާން، ޑރ. މަޖީދާއި ގުޅުވައި އުފައްދަނީ ބޮޑު ފިތުނައެއް ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވެއްޖެ އެވެ.

މުހްތާޒު ވިދާޅުވީ އިމްރާނަކީ ސިޔާސީ ގޮތުން ހައްދުފަހަޅަ އަޅާފައިވާ މީހެއް ކަމަށާއި މިފަދަ އިންސާފް ނުހިފޭ ވާހަކަތައް ދައްކަމުންދިއުމަކީ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

ޑރ. މަޖީދު އަކީ ދުނިޔޭގައި ހުންނެވި އިރުވެސް މިފަދަ ފިތުނައަށް ޖާގަދެއްވި ބޭފުޅެއް ނޫން ކަމަށާއި ޑރ. އާއިލާ އާއި ރައްޔިތުންގެ ކިބައިން އިމްރާން މައާފަށް އެދެން ޖެހޭ ކަމަށް މުހްތާޒް ވިދާޅުވެފައިވެ އެވެ.

"އުސްތާޛަކީ ދުނިޔޭގައި ހުންނެވި އިރުވެސް ތިޔަފަދަ ފިތުނައަށް ޖާގަދެއްވި ބޭފުޅެއްނޫން. ތިޔަ ބާވަތުގެ ވާހަކަ ފަތުރާނީ ސިޔާސީ ގޮތުން ހައްދުފަހަނައެޅި މީހުން. ތިޔަ ވާހަކަ ދެއްކެވި ބޭފުޅަކު މާފަށް އެދެންވެސް ޖެހޭނެ. އެއާއިލާ ސިޔާސީ މުޑުދާރުންގެ ޝިކާރައަކަށް ވުމަށް ފުރުސަތު ނުދެވޭނެ." ކުރިމިނަލް ޖަސްޓިސް އެޑްވައިޒަރުކަން ކުރައްވާފައިވާ މުހްތާޒު ވިދާޅުވެފައި ވެއެވެ.

"ތިޔަވާހަކަ ދެއްކެވި ބޭފުޅާ އެތަކެއް ރައްޔިތުންގެ ކުރިމަތީ ކަރުދާސްތަކެއް ދައްކަވަމުން މަރުހޫމް ޑރ. އަފްރަޝީމްގެ ގާތިލުންނާއިބެހޭ ހެކި މިހިރީކަމަށްވެސް ވިދާޅުވި. ދާޚިލީ ވުޒާރާގައި ދައުރެއް ފުރިހަމަކުއްވި އިރު އެހެކި ވެސް ވެގެން ދިޔައީ މިހާރު ތިޔަފަތުރާ ފަދަ ފިތުނައަކަށް.“ މުހްތާޒު އޭނާގެ ފޭސްބުކްގައި ސާއިއުކޮށްފައިވާ ޕޯސްޓެއްގައި ލިޔުއްވާފައި ވެއެވެ.

ޑރ. އަފްރާސީމް ސަހީދުކޮށްކުމުގެ އަޑީގައި ތިބީ ކުރީގެ ނައިބް ރައީސް އަދީބާއި ކުރީ ސީޕީ ހުސެއިން ވަހީދު ކަމަށް އިމްރާން ކުރިން ވެސް ވަނީ ރާއްޖޭގެ ރައްޔިތުން ފިތުނައެއްގައި ޖައްސާފަ އެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ހޯމް މިނިސްޓަރުކަމުގެ ދައުރު އިމްރާން ނިންމާލާފައި ވަނީ ކުރިން އޭނާ ދެއްކި މި ބޮޑު ފިތުނައިގެ ތަހްގީގެއް ހިންގުމެއް ވެސް ނެތި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *