ޑިމޮކްރެޓިކްސްއަށް ފަހު ދެން އިވޭނީ ޕީއެންސީ ލީޑަރސިޕް އެމްޑީޕީ ގުޅޭ އަޑު: ޝާހިދު

ދެން ފެންނާނީ ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީގެ އިސްބޭފުޅުން އެމްޑީޕީ އާއި ގުޅޭތަން ކަމަށް އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ވެރިކަން ކުރާ ޕީއެންސީގެ އިސް ބޭފުޅުން މިހާރުވެސް އެމްޑީޕީއާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެންކަމުން ޑިމޮކްރެޓްސް އެމްޑީޕީން ގުޅުނު ވާހަކަތައް އިވުނު ގޮތަށް ދެން އިވޭނީ ޕީއެންސީގެ އިސް ބޭފުޅުން އެމްޑީޕީއާ ގުޅޭ ވާހަކަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

" ރޭ ނުން އިހަށް ރޭ އިވުނީ ޑިމޮކްރެޓްސް އަޅުގަނޑުމެންނާ ގުޅެމުންދާ ވާހަކަ. ދެން އިވިގެންދާނީ ޕީއެންސީގެ ބޮޑެތި ބޭފުޅުން އަޅުގަނޑުމެންނާ ގުޅިގެންދާ ވާހަކަ، އިރާދަކުރެއްވިއްޔާ." އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

މިއަދުގެ ސަރުކާރުން ރައްޔިތުންނަށް އޮޅުވާލައި، ރައްޔިތުން މަގުފުރެއްދުމަށް ދޮގު ވިއްކަން އުޅުއްވި ދުވަސް މިހާރު ނިމިއްޖެކަމަށް ޝާހިދު ވިދާޚުވިއެވެ.

ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމީ އެ ޕާޓީން މިދިޔަ އަންގާރަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ. އަދި މިކަމަށް ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން އަންނަނީ ތައްޔާރު ވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *