ލަންކާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

މިއީ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކެ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ރައީސް ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާނީ ޖުލައި މަހުގެ 29 ވަނަ ދުވަހު އެވެ.

މިއީ ރާއްޖެ އާއި ލަންކާ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ ދުވަހެވެ.

ލަންކާގެ ރައީސްގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށްވެސް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލަންކާގެ ރައީސް އަންނަ މަހު ރާއްޖެ ޒިޔާރަތްކުރައްވާނެ ކަމަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކުރި ނަމަވެސް މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައިނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *