އެޗްޑީސީގެ އެމްޑީ މައުރޫފް ވަކިވެވަޑައިގަންނަވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް އެ މަގާމުން ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މައުރޫފް އައްޔަންކުރީ ކުރިން އެމަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހު ފަޒުލް އިސްތިއުފާ ދެއްވުމާ ގުޅިގެން ޖެހިގެން އައި ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.

ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ މައުރޫފް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އެޗްޑީސީގެ މުވައްޒަފުންނަށްވެސް ވަނީ އެކަން އަންގަވާފަ އެވެ.

މަގާމުން ވަކިވެވަޑައިގަތުމަށް މައުރޫފް ނިންމަވާފައިވަނީ އަންނަ މަހުގެ 18 ވަނަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީ އިން ވަކިވެވަޑައިގަތުމަށްފަހު ސަރުކާރުގެ ސަރުކާރުގެ އެޑްވައިޒަރީ ފެންވަރުގެ މަގާމަކާ ހަވާލުވެވަޑައިގަތުމަށް މައުރޫފް ނިންމަވާފައިވާ ކަމަށްވެސް ވެއެވެ.

މައުރޫފު ވަނީ ހުޅުމާލެ އެންމެ ފުރަތަމަ ހިއްކި ދުވަސްވަރުން ފެށިިގެން ވަރަށް ގިނަ ދުވަސް ވަންދެން އެތަން ތަރައްގީ ކުރުމުގައި އިސްކޮށް ހަރަކާތެރިވެ ވަޑައިގެންފަ އެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓު އުފެއްދިއިރު އެތަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދި އޭގެ ފަހުން އެޗްޑީސީ އުފެދުމާއެކު އެ ކުންފުނީގެ ސީއީއޯގެ މަގާމުވެސް އޭނާ އަދާކުރެއްވި އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *