ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހަދައިދޭ އިމާރާތް ހުޅުވަން ތައްޔާރުވަނީ

ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ހަދަމުންދާ އިމާރާތް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ހުޅުމާލެ ހިންގާ ކުންފުނި — އެޗްޑީސީ އިން މައުލޫމާތުދޭ ގޮތުގައި އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މިމަހުގެ 26 ވަނަ ދުވަހު އެ އިމާރާތް ހުޅުވާނެ އެވެ.

ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހަދައިދޭ އިމާރާތް ހަދަނީ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމަތީގައި ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ހިންގި ހަތަރު އިމާރާތުގައެވެ.

ހަތަރު ބުރީގެ މި އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރަނީ އެޗްޑީސީގެ ފަރާތުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓަށް ހަދައިދޭ އިމާރާތް ނިމުމާ އެކު މާލޭގައި ހިންގަމުންދާ ކްރިމިނަލް ކޯޓާއި ޑްރަގު ކޯޓު ބަންދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފެށުމަށްވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *