ނ. ކެނދިކުޅުދޫގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަށައިފި އެވެ.
މި ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ފައްޓަވާ ރައީސް މުއިއްޒު ވަނީ ބަހުގެ ހިދުމަތް ތަޖުރިބާ ކުރައްވާފަ އެވެ.
ބިމުގެ ގޮތުން ބޮޑު ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް އެ ރަށުގެ ދެ އަވަށުގެ ސްކޫލު ކުދިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށި ސިޓީ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގައި އާރްޓީއެލް ބަހުގެ ހިދުމަތް އަންނަނީ ދެމުންނެވެ.
މީގެ އިތުރުން ހއ. ދިއްދޫ އާއި ލ. އަތޮޅުގައިވެސް މި ހިދުމަތް އަންނަނީ ދެމުންނެވެ.




