ބަލި މީހުންނަށް އެހީވުމަށް 55 މުވައްޒަފުން ހޯދަނީ

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސް އިން ހިންގަމުންދާ ހޮސްޕިޓަލްތަކަށް ހިދުމަތް ހޯދަން ދާ ބަލި މީހުންނަށް މަރުހަބާ ކިޔައި އެހީތެރިވުމަށް 55 މުވައްޒަފުން ހޯދަން އިއުލާންކޮށްފި އެވެ.

މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުގައި ހުރި މައި ހޮސްޕިޓަލް — އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާންގައިވާ ގޮތުން "ޕޭޝަންޓް ސަޕޯޓް ކޯޑިނޭޓާ"ގެ ނަން ދީފައިވާ މަގާމަށް މީހުން ހޯދަނީ އައިޖީއެމްއެޗް، ހުޅުމާލޭ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ބްލަޑް ސާވިސަސްއަށް ކޮންޓްރެކްޓް އުސޫލުންނެވެ.

ވަޒީފާގެ މަސްއޫލިއްޔަތު:
ހިދުމަތް ހޯދަން ދާ ބަލި މީހުންނަށް މަރުހަބާ ކިޔައި, މަގު ދެއްކުން
ބަލި މީހުންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުން
ހިދުމަތް ހޯދަން ދާ މީހުންނަށް ބޭނުންވާ މައުލޫމާތު ހިއްސާކުރުން
މީހުންގެ ހިޔާލު ހޯދައި ތަޖުރިބާތައް މޮނީޓާކުރުން
އޯގާތެރިކަމާއެކު ހިދުމަތް ދިނުން
މި މަގާމަށް ކުރިމަތިލެވެނީ ގުރޭޑް 10 އެއް ނިންމާފައިވާ މީހުންނަށާއި ގްރޭޑް ހަތެއް ނިންމާފައިވުމާއެކު ގުޅޭ ދާއިރާއަކުން ހަތަރު އަހަރުގެ ތަޖުރިބާ ހުރި މީހުންނަށެވެ.

އަންނަ އަންގާރަ ދުވަހު މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާއިރު ވަޒީފާއަށް ނަގާ މީހުންނަށް ދޭ މުސާރަ އާއި އިނާޔަތުގެ އެއްވެސް މައުލޫމާތެއް އިއުލާންގައި ހިމަނާފައެއް ނުވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *