އައްޑޫގައި ހަށިވިއްކަމުން ދިޔަ ދެ މީހުން ހައްޔަރުކޮށްފި

އައްޑޫސިޓީގައި ހަށިވިއްކަމުން ދިޔަ ދެ މީހުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ، އާބާދީމަންޒިލް، ނަވާލް ހުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) އެވެ.

މި ދެ މީހުން މި މަހުގެ 19 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީގެ މީދޫގައި "ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ"ގެ ނަމުގައި ހިންގަމުން ދިޔަ ތަނަކުން ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *