ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕެސެންޖަ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ދުނިޔޭގެ ރެކޯޑު ފޮތަށް އަރައިފި އެވެ.
ގިނިސް ވޯލްޑް ރެކޯޑް ބަލަހައްޓަމުން ގެންދާ ފަރާތުން މިއަދު ވަނީ އެމްއޭސީއެލް އިން ރޭ ކުރިއަށް ގެންދިޔަ ހަވާ އެރުވުމުގެ ހަރަކާތް ވޯލްޑް ރެކޯޑްގައި ހިމަނާ އެކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
އެމްއޭސީއެލްއަށް ރެކޯޑް ހެދި ކަމުގެ ލިޔުން ހަވާލުކުރީ އެޑްޖީޓިކޭޓަ ފޮ ގިނިސް ވޯލްޑް ރެކޮޑްސް، އެމްބާލީ އިންކޯސީ އެވެ.
މި ރެކޯޑް ހެދީ އެންމެ ގިނަ ސަރަޙައްދުގައި އެއްފަހަރާ ސިންކްރޮނައިޒްޑް ހަވާ އަރުވައިގެންނެވެ.
ޓާމިނަލް ހުޅުވި ގަޑީގައި ރޭ ވަނީ މިއުޒިކާ އެކު އެއް ވަގުތެއްގައި 19 ސަރަހައްދެއްގައި ހަވާ އަރުވާފަ އެވެ. އެއީ ހުޅުލޭގެ އިތުރުން ހުޅުމާލެ އަދި މާލެ ވަށައިގެންވާ ސަރަހައްދު ހިމަނައިގެންނެވެ.




