މާވަށުގައި މީހެއްގެ ކަރަށް ވަޅިން ހަމަލާދީ މަރާލައިފި

ލ. މާވަށުގައި މީހަކަށް ވަޅިން ހަމަލާދީ މަރާލައިފިއެވެ.

އެރަށުގައި ވަޅިން މީހަކަށް ހަމަލަދީ މަރާލާފައިވާކަން ރަށު ކައުންސިލްގެ ރައީސް، އަހުމަދު މޫސާ ވަނީ ކަށަވަރުކޮށްދީފައެވެ.

އަހުމަދު މޫސާ ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. އަދި ޒަހަމްވި މީހާ މަރުވެފައިވާކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މިހާރު ވަނީ މިހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. މިހާދިސާގައި މަރުވެފައިވަނީ ދިވެއްސަކު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ހަމަލާދީފައިވަނީ އެމީހާގެ ކަރަށެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *