ބޭހަށް ބޭރަށް ދާ މީހުންގެ ޑޮލަރު ލިމިޓް އިތުރުކޮށްފި

ސަރުކާރުގެ އެހީގައި އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ދޭ ޑޮލަރު ޑޮލަރުގެ އަދަދު މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދުގެ ނިޔަލަށް ދެމުން ދިޔައީ މީހަކަށް 500 ޑޮލަރެވެ. އެކަމަކު މިއަދުން ފެށިގެން ބޭހަށް ދާ މީހުންނަށް ޑޮލަރު ދޫކުރާ އަދަދު ބޮޑުކުރަން ބީއެމްއެލް އިން ވަނީ ނިންމާފަ އެވެ.

މިބަދަލާ އެކު އެންސްޕާ އަދި އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ބޭހަށް ދާ ކޮންމެ މީހަކަށް 2،000 ޑޮލަރު ދޫކުރާނެ އެވެ. އަދި އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށްވެސް މިއަދުން ފެށިގެން 1،000 ޑޮލަރު ބޭންކުން ދޫކުރާނެ އެވެ.

ބޭސްފަރުވާއަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ނިންމާފައިވަނީ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުންނެވެ. އާސަންދައިގެ ދަށުން ބޭހަށްދާ މީހެއް ނަމަ ބަލިމީހާ އަދި އެހީތެރިޔާގެ ޓިކެޓް އަދި ޕާސްޕޯޓް ކޮޕީގެ އިތުރުން އާސަންދަ އެޕްރޫވަލް ނުވަތަ ރިކޮމެންޑޭޝަން ލެޓާ ހުށަހަޅަން ޖެހޭނެ އެވެ. އެންސްޕާގެ އެހީގައި ބޭރަށް ދާ މީހުންނަށް ޑޮލަރު ދޫކުރަން ހަމަޖެހިފައިވަނީ އެންސްޕާއިން އެހީ ހަމަޖެހުނު ކަމުގެ ލިޔުން، ބަލިމީހާ އާއި އެހީތެރިޔާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހެޅުމުންނެވެ. އަމިއްލަ މީހުން ބޭރަށް ދާ ނަމަ އެ ބައްޔަކީ ބޭރުން ފަރުވާ ހޯދަންޖެހޭ ބައްޔެއް އެނގޭ ލިޔުމާއި ބަލިމީހާގެ ޓިކެޓާއި ޕާސްޕޯޓް ކޮޕީ ހުށަހަޅަންޖެހެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *