ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި ކުއްޖަކު މަރުވެއްޖެ

ފުވައްމުލައް ސިޓީގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ ފުވައްމުލައް ފުނާޑު، ހުސްނުހީނާ މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި ކޮންޓްރޯލްނުވެ ގޮސް އެ ސަރަހައްދުގައި ހުރި މަގުބައްތި ހޮޅިދަނޑީގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓްކުރީ ރޭ ދަންވަރު 2:40 ހާއިރު އެވެ.

ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ރޭ ދަންވަރު 3:38 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *