ރަޒީންގެ ބަންދަށް 30 ދުވަސް

އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މ. ސްޓާ، މުހައްމަދު ރަޒީން (49އ) 30 ދުވަހަށް ބަންދުކޮށްފި އެވެ.

މާލޭގެ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ހަރުގެއަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިމަހުގެ 1 ވަނަ ދުވަހުގެ ދަންވަރު 1:30 ހާއިރު އެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ރަޒީން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *