ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ކުޅުދުއްފުށި، ޖިފުޑި، ހަސަން މޫސާ (67 އ) އެވެ.

ފުލުހުން ބުނީ ހަސަން ރޭ ފަތިހު 5:00 ހާއިރު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވާތީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.

ހަސަން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ ކުޅުދުއްފުށީ ޒޯނު ސްޓޭޑިއަމްގެ ފާހަނާ ތެރޭގައި ވެއްޓިފައިވާ އޮއްވާ ކަމަށް ފުލުހުން ބުންޏެވެ.

ހަސަންއަށް ފަރުވާ ދިނުމަށް ވަގުތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ ބޭރު ފުށުން ހަސަންގެ ހަށިގަނޑަށް އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *