ނޫސްތަކަށް ފަސޭހަ ކޮށްދޭން ކަމަށް ބުނެ "ގައުމީ ނިއުސް އެޖެންސީ" އެއް އުފައްދަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެެވެ.
ގައުމީ ނިއުސް އެޖެންސީ އުފައްދަނީ ޕީއެސްއެމްއާއި އިންފޮމޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
މިކަމުގެ އެއްބަސްވުމުގައި މިއަދު އިންފޮމޭޝަން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) އާއި ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީން އެވެ.
އިންފޮމޭޝަން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން އުފައްދާ ނިއުސް އޭޖެންސީން ރަޖިސްޓަރީކޮށްފައިވާ ނޫސްތަކަށް ބޭނުންވާ ހަބަރާއި، ފޮޓޯ އަދި ވީޑިއޯ ޑިޖިޓަލް ޕޯޓަލެއްގެ ތެރެއިން ލިބޭނެ ކަމަށެވެ.
ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތް ދޭނީ މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށްވެސް އިންފޮމޭޝަން މިނިސްޓްރީން ބުންޏެވެ.




