މި އަހަރު 2.2 މިލިއަން، އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން

ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރާނެ ކަމަށް ބެލެވެނީ 2.2 މިލިއަން ފަތުރުވެރިން ކަމަށާއި ނަމަވެސް އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކޮށްފި އެވެ.

ރާއްޖެއިން މި އަހަރު ފަތުރުވެރިކަމަށް ކަނޑައެޅި އަމާޒަކީ 2.3 މިލިއަން ފަތުރުވެރިންނެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި އަހަރު ޒިޔާރަތްކުރާނެ ކަމަށް ބެލެވެނީ 2.2 މިލިއަން ފަތުރުވެރިން ކަމަށާއި އެ އަދަދަކީ 2024 ވަނަ އަހަރަށްވުރެ 9.3 ޕަސެންޓް އިތުރުވުމެއް ކަމަށެވެ.

ފަތުރުވެރިންގެ އަދަދު 8.8 ޕަސެންޓް އިތުރުވެ އަންނަ އަހަރު 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ލަފާކޮށްފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ފުރިހަމައަށް އަންނަ އަހަރު ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަޕްގްރޭޑާއެކު އެ އެއާޕޯޓްވެސް އަންނަ އަހަރު ބޭނުންކުރެވޭނެ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޒިޔާރަތްކުރީ 1.8 މިލިއަން ފަތުރުވެރިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *