އެސްޓީއޯއިން އަލަށް ގެންނަ ބައިނަލްއަގުވަމީ ތެޔޮ ޓޭންކަރާއެކު ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައިފި އެވެ.
އެ ގޮތުން 27،000 ޓަނުގެ މި ތެޔޮ ޓޭންކަރުގައި މަސައްކަތް ކުރުމަށް ތަޖުރިބާކާރު ކްރޫއިން ހޯދުމަށް މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.
އެސްޓީއޯއިން މިފަހަރު ހުޅުވާލި ވަޒީފާގެ ފުރުސަތުތަކުގެ ތެރޭގައި މެރިޓައިމް ދާއިރާއިން މެސްބޯއި ގެ މަގާމުން ފެށިގެން މާސްޓާގެ މަގާމާއި ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހިމެނެ އެވެ.
މަގާމުތަކުގެ ތެރޭގައި
ޗީފް އިންޖިނިއަ
ޗީފް އޮފިސަ
އިލެކްޓްރިޝަން
ވެލްޑަ
ސީމެން
ބޯސަން
ކައްކާ
މާސްޓަ
މެސްބޯއި
އޮއިލަ
މީގެ އިތުރުންވެސް ގިނަ މަގާމުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
މި ފުރުސަތުތަކަކީ މެރިޓައިމް ދާއިރާއިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނުހަނު އަގުހުރި ފުރުސަތެއްކަން އެސްޓީއޯއިން ފާހަގަކުރެ އެވެ.
ވަޒީފާ އަދާކުރާ މަގާމަށް ބިނާކޮށް މި މަގާމުތަކަށް މުސާރައިގެ ގޮތުގައި 16،000ރ އިން ފެށިގެން 150،000ރ ލިބިގެންދާނެ އެވެ.
އެސްޓީއޯއަކީ ކޮންމެ ދާއިރާއަކުންވެސް މުވައްޒަފުން ކުރިއެރުމަށް މަސައްކަތް ކުރާ، އެފަދަ ފުރުސަތުތަށް ހޯދައިދޭ ކުންފުންޏެކެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން، އެސްޓީއޯގެ ޖޮބް ޕޯޓަލް މެދުވެރިކޮށް މަގާމުގަތަކަށް ކުރިމަތިލެވޭނެ އެވެ.




