އުރީދޫ ކަސްޓަމަރުންނަށް ލަންކާއަށް ހިލޭ ގުޅޭނެ

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ސްރީލަންކާއަށް ހިލޭ ގުޅޭ ގޮތް ހަދައިފި އެވެ.

މި ފުރުސަތު ފަހިކޮށްދީ އުރީދޫން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ލަންކާ ނަންބަރުތަކަށް ކުރާ ކޯލްތަކުގެ ފުރަތަމަ ފަސް މިނަޓަށް އެއްވެސް ޗާޖެއް ނުކުރާނެ ކަމަށެވެ.

މިއީ ލަންކާއަށް މި ވަގުތު ދިމާވެފައިވާ ހާލަތުގައި އެ ގައުމުގައި ތިބި އާއިލާ އާއި ރަހުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ދޭ ފުރުސަތެއް ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

ލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ތަނެއްކަން ފާހަގަކޮށް އުރީދޫން ބުނީ އެ ތަނުގައި ތިބި މީހުންނަށް ފަސޭހައިން ގުޅޭނެ ގޮތް ހަމަޖައްސައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިފަދަ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒު ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *