ސްރީލަންކާއަށް އެރި ބާރުގަދަ ތޫފާން — "ޑިޓްވާ" އާ ގުޅިގެން އެ ގައުމަށް އެހީވުމަށް 3.8 ޓަނުގެ އަސާސީ ތަކެތި ފޮނުވަން ނިންމައިފި އެވެ.
ADS BY OOREDOO
ގައުމީ އެއާލައިން — މޯލްޑިވިއަނުން ބުނި ގޮތުގައި އެ ތަކެތި ފޮނުވަނީ އެ އެއާލައިނާއި މަހަލްދީބު ފައުންޑޭޝަން އަދި މީގާތު ހައްޖު އެންޑް އުމްރާ ގުޅިގެންނެވެ.
މޯލްޑިވިއަނުން ބުނީ މިފަދަ ހާލަތެއްގައި އެހީ ފޯރުކޮށްދިނުމުގައި ހިއްސާވުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން އެ އެއާލައިނުން ކުރާނެ ކަމެއް ކަމަށެވެ.
ލަންކާއަށް އެހީވުމަށް ދިވެހި ސަރުކާރުން ވަނީ 50،000 އެމެރިކާ ޑޮލަރާއި 25،000 މަސްދަޅު ކޭސް ހަދިޔާކޮށްފަ އެވެ.
ޕީއެސްއެމް އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯނަށް 8 ލައްކައަށްވުރެ ގިނަ ޑޮލަރު ލިބުނުއިރު ރާއްޖޭގެ ބައެއް އަމިއްލަ ވިޔަފާރިވެރިންވެސް ވަނީ ލަންކާއަށް މާލީ އެހީ ދީފަ އެވެ.




