ރިސޯޓުތަކުގެ ބެޑްނައިޓްސް އިތުރުވެއްޖެ

މި އަހަރުގެ ސެޕްޓެމްބަރު މަހު ރިސޯޓުތަކުގެ ބެޑްނައިޓްސް އިތުރުވި ނަމަވެސް ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ދަށަށް ހިނގައްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އޮކްޓޫބަރު މަހުގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން ސެޕްޓެމްބަރު މަހު ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި ރޭތަކުގެ ޖުމްލަ އަދަދު 11 ޕަސެންޓް އިތުރުވި އެވެ.

އެ ގޮތުން ރިސޯޓުތަކުގެ ބެޑްނައިޓްސް 13 ޕަސެންޓް އިތުރުވި ނަމަވެސް ގެސްޓްހައުސްތަކުގެ ބެޑްނައިޓްސް ވަނީ ދެ ޕަސެންޓް ދަށަށް ގޮސްފައި ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްއެމްއޭގެ އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ 4،380 އެނދުން ވަނީ އިތުރުވެފަ އެވެ. އަދި އޮކިއުޕެންސީ ރޭޓް ވަނީ 47 ޕަސެންޓް މަތިވެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *