2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަނީ

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2.6 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.

ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި އަންނަ އަހަރުގެ ޖެނުއަރީ 12 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.14 ބިލިއަން ރުފިޔާގެ ޓީބިލަކާއި މާޗް 23، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 204 މިލިއަން ރުފިޔާގެ ޓީބިލެއް ހިމެނެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ޖޫން 15 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 130 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި ޑިސެމްބަރު 14، 2026 އަށް އަނބުރާ ދެއްކުމަށް ވިއްކާ 1.14 ބިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ.

ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ.

ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *