ޖެޓް ފިއުލް ވިއްކައިގެން މި އަހަރު ލިބުނު އާމްދަނީ އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރު މަހުގެ ނިޔަލަށް 185.2 މިލިއަން ޑޮލަރުގެ ޖެޓް ފިއުލް ރި-އެކްސްޕޯޓްކޮށްފައިވެ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރި-އެކްސްޕޯޓްކުރި 176 މިލިއަން ޑޮލަރުގެ ޖެޓް-ފިއުލްއާ އަޅާބަލާއިރު 5.1 ޕަސެންޓް އިތުރުވުމެކެވެ.
ޖެޓް ފިއުލް ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވެފައިވާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ފްލައިޓް މޫވްމެންޓްގެ އަދަދުވެސް ވަނީ މި މުއްދަތުގައި 3.8 ޕަސެންޓް އިތުރުވެފަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ ޖެނުއަރީ އިން އޮކްޓޫބަރުގެ ނިޔަލަށް ހުރީ 14،191 ގަ އެވެ.




