ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން، ޑިސްކަަވަ އެއާލައިންގައި ފްރޭންކްފާޓަށް ކުރަމުން ދިޔަ ދަތުރުތައް އަލުން ފަށައިފި އެވެ.
ޑިސްކަވަ އެއަރލައިނަކީ އެކި ދުވަސްވަރު ރާއްޖެއަށް ދަތުރުކުރަމުންދާ އޭއާލައިނެކެވެ.
އެންމެ ފަހުން މި ފެށި ދަތުރުތަކުގައި މާލެއާއި ފްރޭންކްފާޓާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާނެ އެވެ.
ޑިސްކަވަ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން ފާހަގަކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލްގައި މިއަދު ހާއްސަ ރަސްމިއްޔާތެއް ބާއްވައި، އެ ތަނުގައި ވަނީ ޑިސްކަވަ އެއާލައިންގެ ޗެކިން ކައުންޓަރުތައް ވަނީ ރަސްމީކޮށް ހުޅުވާފަ އެވެ.
ރާއްޖެއިން ފްރޭންކްފާޓަށް އަލުން ދަތުރުތައް ފެށުމަކީ ޔޫރަޕުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވޭނެ މަސައްކަތަކަށް ވާނެ ކަމަށް ވީއައިއޭ ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.




