މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 32.7 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި ޑިސެމްބަރު މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު މީރާއަށް ލިބުނު އާމްދަނީ ވަނީ 16.5 ޕަސެންޓް އިތުރުވެފަ އެވެ. 2024 ވަނަ އަހަރު މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނީ 28.1 ބިލިއަން ރުފިޔާ އެވެ.
މީރާއަށް މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ.
ޖީއެސްޓީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ ޖުމްލަ އާމްދަނީގެ 50.1 ޕަސެންޓެވެ.
އިންކަމް ޓެކްސްގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބުނުއިރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ މިދިޔަ އަހަރު ލިބުނެވެ.
މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.




