ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އުރީދޫ މޯލްޑިވްސްގެ ހާއްސަ އޮފަގެ ދެވަނަ ނަސީބުވެރިޔާއަކަށް އަލީ ޝާހިދު ހޮވިއްޖެ އެވެ.
މިހާރު ކުރިއަށްދާ ގޯލްޑަން ފުޓްސަލް މެޗުތައް ކުރިއަށް ގެންދާ ދުވަސް ދުވަހު ހުޅުމާލޭގައި ހުންނަ ރެހެންދި ޓާފުގައި ބަހައްޓާފައި ހުރި އުރީދޫ ޓެންޓުން އުރީދޫގެ ޚިދުމަތެއް ހޯދުމުން ކޮންމެ ހަފްތާއަކު އަގުހުރި އިނާމެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ވަނީ ފަށާފަ އެވެ.
އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ސުޕަނެޓް ޚިދުމަތް އަދި 5ޖީ ޑިވައިސްއެއް ނެގި ކަމުގައިވިޔަސް މި ލަކީ ޑްރޯ ގައި ބައިވެރިވެވޭނެ އެވެ.
އިނާމުތަކުގެ ތެރޭގައި ޓީވީ، ފްރިޖް، ސޯފާ، މައިކްރޯވޭވް ފަދަ ބޭނުންތެރި އިނާމުތައް ހިމެނެ އެވެ. މި ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި ކޮންސިއަޖް ގްރޫޕްގެ ފަރާތުން މެލޭޝިއާއަށް ދެ ރިޓާން ޓިކެޓް ލިބެ އެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމުމާ ހަމައަށެވެ.




