އީރާނުގެ ހަކަތައާބެހޭ މަރުކަޒުތަކަށް ހަމަލާދިނުން 10 ދުވަހަށް ފަސްކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ހިނގައްޖެ އެވެ.
ހުކުރު ދުވަހު ޖީއެމްޓީ ގަޑިން 2:30ގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ 1.5 ޕަސެންޓް ދަށަށް ގޮސްފަ އެވެ. މިއާއެކު ފީފާއެއްގެ އަގު ހުރީ 93.07 ޑޮލަރުގަ އެވެ.
ބްރެންޓް ކްރޫޑަކީ ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާ އެންމެ މުހިންމު މިންގަނޑެވެ.
މީގެ އިތުރުން ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގު 1.8 ޕަސެންޓް ދަށަށް ގޮސް، ފީފާއެއްގެ އަގު ވަނީ 106.12 ޑޮލަރަށް ތިރިވެފަ އެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 50 ޕަސެންޓް އަދި ޑަބްލިއުޓީއައި ގެ އަގު ވަނީ 40 ޕަސެންޓް އުފުލިފަ އެވެ.




