ރޭސިން ޓްރެކްގެ ބިން ހިއްކުމުގެ މަސައްކަތް ހަފްތާއެއް ތެރޭގައި ފަށަނީ

ރޭސިން އަދި ޑްރިފްޓިން ޓްރެކް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މި ޓްރެކް އެޅުމަށް ނިންމާފައިވަނީ ހުޅުލެ އާއި ހުޅުމާލެއާ ދެމެދު ހަދާފައިވާ ހައިވޭގެ ބޭރުން އޮންނަ ފަޅު ހިއްކައިގެންނެވެ.

ރައީސް މުއިއްޒު މިރޭ ޒުވާނުންނާ ބައްދަލުކުރައްވާ ވިދާޅުވީ އެމްއޭސީއެލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ ފައިނޭންސް ހަމަޖެހިފައިވާ ކަމަށެވެ.

"ހައިވޭގެ ބޭރުން ބިން ހިއްކަނީ. ކުރިއަށް އޮތް ހަތް ދުވަސް ތެރޭގައި އެތަނުގައި ބިން ހިއްކަން ފަށާނަން،" ރައީސް ވިދާޅުވި އެވެ.

ހައިވޭ ބޭރުން އޮންނަ ފަޅު ހިއްކައިގެން ރޭސިން ޓްރެކެއް އަޅަން ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ މޭ މަހުގެ 3 ވަނަ ދުވަހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް މުއިއްޒު އޭރު ވިދާޅުވީ ހައިވޭގެ ބޭރުން އޮތް ފަޅު ހިއްކައިގެން ރޭސިން ޓްރެކް އެޅުމަށް ނިންމީ ރޭސިންގެ ހަރަކާތްތަކަކީ މީހުން ދިރުއުޅޭ ތަނެއްގައި ކުރިއަށް ގެންދިއުމަށްވުރެ ނުރައްކާތެރިކޮށް ކުރިއަށްދާ ކުޅިވަރަކަށްވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *