ބެލޮންޑިއޯ އިނގިރޭސި ކެޕްޓަން ހެރީ ކޭންއަށް

ފުޓްބޯޅައިގެ ދުނިޔޭގައި އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ، އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަން ހެރީ ކޭން ހޯދައިފިއެވެ.

އޭނާ މި އެވޯޑް ހޯދީ ފްރާންސްގެ ކިލިއަން އެމްބާޕޭއާއި ސްޕޭންގެ ލަމީން ޔަމާލްއާ ވާދަކޮށްގެންނެވެ.

ޖަރުމަންގެ ބަޔާން މިއުނިކަށް ކުޅެމުންދާ އުމުރުން 33 އަހަރުގެ ހެރީއަށް ބެލޮންޑިއޯ ލިބިފައި މިވަނީ އިނގިރޭސި ކުޅުންތެރިޔަކަށް މިއެވޯޑް ލިބުނުތާ 25 އަހަރު ފަހުންނެވެ. މިއެވޯޑް އެންމެ ފަހުން ލިބުނު އިނގިރޭސި ކުޅުންތެރިޔަކީ 2001 ވަނަ އަހަރު މައިކަލް އޮވެން އެވެ.

ކޭން އަށް މި އެވޯޑް ލިބުނީ ކްލަބާއި ގައުމީ ޓީމަށް ކުޅުނު މެޗުތަކުގައި ޖުމްލަ 73 ލަނޑު ޖަހައިދީ، ބުންޑެސްލީގާ އާއި ޗެމްޕިއަންސް ލީގުގައި ދެއްކި މޮޅު ކުޅުމުގެ އިތުރުން މިއަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް އިނގިރޭސިވިލާތް ގެންގޮސްދިނުމަށް ކެޕްޓަނެއްގެ ހައިސިއްޔަތުން ދެއްކި މޮޅު ކުޅުމާ ގުޅިގެންނެވެ.

ލަންޑަންގައި ރޭ އޮތް ބެލެންޑިއޯގެ 70 ވަނަ އެވޯޑް ހަފްލާގައި ނިކަން ޖަޒުބާތުގައި ހުރެ ވާހަކަދައްކަމުން ކޭން ބުނީ ލަންޑަންގައި އޮތް ހަފްލާއެއްގައި އޭނާއަށް އެވޯޑް ލިބުމަކީ ރަނގަޅު ފާލެއްގެ ގޮތުގައި އިހުސާސްވާ ކަމަށެވެ.

ބެލޮންޑިއޯ އެވޯޑުގެ ތާރީހުގައި އެންމެ ގިނައިން އެވޯޑު ހޯދާފައިވަނީ އަށް ފަހަރު ކާމިޔާބުކުރި ލިއޮނަލް މެސީ އާއި ފަސް ފަހަރު ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *