އޮގަސްޓް ނިމުނުއިރު ރަސްމީ ރިޒާވް އިތުރުވެއްޖެ

ފާއިތުވި އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް — މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ އޮގަސްޓް މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 643.8 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވްގައި މި އަހަރުގެ ޖުލައި މަސް ނިމުނުއިރު ހުރީ 638 މިލިއަން ޑޮލަރެވެ.

ރަސްމީ ރިޒާވް އިތުރުވި ނަމަވެސް ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫޒަބަލް ރިޒާވް ވަނީ ދަށްވެފަ އެވެ.

އެގޮތުން ރަސްމީ ރިޒާވާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން އޮގަސްޓް މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 200.6 މިލިއަން ޑޮލަރެވެ.

ބޭނުންކުރެވޭ ރިޒާވްގައި ޖުލައި ނިމުނުއިރު 221.9 މިލިއަން ޑޮލަރު ހުއްޓެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *