ފަސް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ އުޅަނދެއް ގެއްލިއްޖެ

ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ގެއްލިއްޖެ އެވެ.

ADS BY OOREDOO
ފުލުހުން ބުނީ ގައްދޫ އިން ރޭ 8:00 ހާއިރު ފުރި "ބްރިލިއަންޓް ކެރިއަ" ނަމަކަށް ކިޔާ ދޯނީގައި އެ ވަގުތު ފަސް މީހުން ތިބި ކަމަށެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.

ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 2:40 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އޭރު ހުވަދޫ ކަނޑުން ވަންނަން ކައިރިވެފައިވާ ކަމަށް ކެޕްޓަން ބުނި ކަމަށާއި ނަމަވެސް އޭގެ ފަހުން ދޯންޏާ ގުޅިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިއަދު އިރުއޮއްސި 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމްއެންޑީއެފްގެ ސަދަން ރީޖަން ކޮމާންޑަށްވެސް އެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ދަނީ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގައިދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *