ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް އަސްނާގެ ނަން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަގާމަށް ގ. ސިލްވަރުގެއާގެ، އަސްނާ ހަމްދީގެ ނަމަށް ރުހުން ހޯދުމަށް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އަސްނާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބް ރައީސް އަހްމަދު ނާޒިމު ވަނީ އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވާފަ އެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުސްވީ އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހްމަދު އިމާދު މިދިޔަ މަހުގެ 17 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އިމާދު މަގާމުން އިސްތިއުފާ ދެއްވިއިރު އޭނާ އެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް އޮތީ ހުށަހަޅާފަ އެވެ. އެކަމަކު އިމާދު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ވަނީ ހުއްޓާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *