ރައްޔިތުންނަށް އަމާންކަން ކަށަވަރު ކޮށްދިނުމަށް ފުލުހުން މަގުތަކަށް ނިކުމެއްޖެ

ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ ޓީމުތައް މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި އެންފޯސްމަންޓު ޓީމުތައް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި މަސައްކަތުގެ އަމާޒަކީ ރައްޔިތުންނަށް ރައްކާތެރިކަމުގެ އިހުސާސް ކޮށްދިނުން ކަމަށް ފުލުހުން ބުންޏެވެ.

އެ ޕޯސްޓާއެކު ފުލުހުން ވަނީ ފޮޓޯތަކެއް ވެސް ހާމަކޮށްފައެވެ. އެ ފޮޓޯތަކުން ސްޕެޝަލް އޮޕަރޭޝަން ޔުނިފޯމުގައި ތިބި ފުލުހުންގެ ޓީމުތައް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ތަން ފެނެއެވެ. އަދި މުގުރު ފަދަ ތަކެތި ވެސް ބައެއް ފުލުހުންގެ އަތުގައި ހުރިތަން ފޮޓޯތަކުން ފެނެއެވެ.

މިހަރަކާތް ފުލުހުން ފަށާފައި ވަނީ، މާލޭގައި ސިލްސިލާކޮށް ގިނަ މުޒާހަރާތަކެއް ކުރަމުން އަންނަ ދަނޑިވަޅަކާއި ދިމާކޮށްކަން ފާހަގަކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *