ހުއްދަ ނެތި އެއްވެވޭނެ އިތުރު ސަރަހައްދުތަކެއް ކަނޑައަޅައިފި

މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ އިތުރު ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.

ADS BY OOREDOO
ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި މާލޭގައި ކުރިން އެއްވެވެނީ ހަމައެކަނި ކާނިވާ ސްޓޭޖު ހުންނަ ސަރަހައްދު ގައެވެ.

ނަމަވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ އިތުރު ދެ ސަރަހައްދެއް ކަނޑައަޅާފަ އެވެ. އެއީ ރަސްފަންނު ސަރަހައްދާއި މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދުގެ އިތުރުން އުސްފަސްގަނޑު ސަރަހައްދެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ހުއްދަ ހޯދުމަކާ ނުލައި އެއްވުންތައް ބޭއްވޭނެ ހަތަރު ސަރަހައްދުގެ އިތުރުން މާލޭގެ އެހެން ސަރަހައްދުތަކުގައިވެސް ފުލުހުންގެ ހުއްދަ ހޯދައިގެން އެއްވުންތައް ބޭއްވޭނެ ކަމަށެވެ.

މާލޭގައި ފުލުހުންގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅެވޭނެ އިތުރު ސަރަހައްދުތަކެއް ކަނޑައަޅާފައި މިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވަކިން ހާއްސަކޮށް ބޮޑެތި މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްދާ ވަގުތެއްގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *