ވާދޫ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަނީ

މި އަހަރު ނިމޭއިރު، ރ. ވާދޫއަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލުކުރަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓްކުރުމުގެ ފުރުސަތު ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ. އަދި އެ ދާއިރާއިން މިހާރު ވެސް ގިނަ މަޝްރޫއުތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް މަޝްރޫއަކީ ވާދޫއަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށަކަށް ބަދަލު ކުރުމެވެ. އެ މަޝްރޫއު އެންމެ ފުރަތަމަ ރައީސް އިއުލާން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު ވާދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

"ރ. އަތޮޅު ވާދޫ އެއީ 100 ޕަސެންޓް ސޯލާއިން ހިންގާ ރަށަކަށް ހަދަން އަޅުގަނޑުމެން ނިންމާފައި އޮތީ. އެ ރަށުގެ ރައްޔިތުން ވެސް ވަރަށް އިނޮވޭޓީވްލީ މިހާރު ވެސް ފަށާފައި އޮތް ކަމެއް، ވަރަށް އީޖާދީ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް މި ކަހަލަ ކަންކަމުގައި،" ރައީސް ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން ނިންމީ އެ ރަށް މޮޑެލް ރަށެއްގެ ގޮތުގައި ކަނޑައަޅައި، މި އަހަރު ނިމެން ވާއިރަށް އެ ރަށުގެ ހުރިހާ ކަމަކަށް ސޯލާ ޕަވާ ބޭނުންކުރާ ގޮތަށް ހެދުން."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *