ދ. ވާނީގައި ފުލުހުންގެ ތަމްރީން ހަދަމުންދިޔަ ޒުވާނެއްގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.
އޭނާގެ ހާލު ދެރަވެގެން އެންމެ ފުރަތަމަ ފަރުވާ ދިނީ ރޭ ފަތިހުގެ ވަގުތު ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސްގެންނެވެ.
އެކަމަކު އޭނާއަށް އިތުރު ފަރުވާ ބޭނުންވާތީ މިއަދު މާލެ ގެނެސް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗް ގައެވެ.
ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ ތަމްރީން ހަދަމުން ދިޔަ ޒުވާނާގެ ހާލު ސީރިއަސްވުމަށް މެދުވެރިވި ވަކި ސަބަބެއް ފުލުހުން ނުބުނެ އެވެ.
ފުލުހުންނާއި ސިފައިންގެ ތަމްރީންތަކުގައި މީގެކުރިންވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެ އެވެ.




