ސްކޭމްތަކުގައި 1.6 މިލިއަން ރުފިޔާގެ ގެއްލުން

ސްކޭމްތަކުގައި މިދިޔަ އެޕްރީލް މަހު 1.6 މިލިއަން ރުފިޔާ ގެއްލިއްޖެ އެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކުރި ގޮތުގައި މިދިޔަ އަހަރުގެ އެޕްރީލް މަހަށްވުރެ މި އަހަރުގެ އެޕްރީލް މަހު ހުށަހެޅުނު ސްކޭމް މައްސަލަތައް ވަނީ 43 ޕަސެންޓް މަދުވެފަ އެވެ.

ފާއިތުވި އެޕްރީލް މަހު ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ތެރެއިން 63 މައްސަލައަކީ އީ-ކޮމާސް މައްސަލަ އެވެ.

ފައިސާ މާރުކުރުމުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 29 މައްސަލަ އަދި ލޯބިވެރިޔާއަށް ކަމަށް ހެދިގެން ފައިސާ ހޯދުމުގެ ތިން މައްސަލަ މިދިޔަ މަހު ރިޕޯޓްކުރި އެވެ.

ސްކޭމް ހިންގާ ޕްލެޓްފޯމްތައް
ފޭސްބުކް މާކެޓްޕްލޭސް
ޓެލެގްރާމް
ވައިބާ
އިންސްޓަގްރާމް
ފަހަކަށް އައިސް އެކި ވިޔަފާރި ކުންފުނިތަކުގެ ނަމުގައި ހިންގާ ސްކޭމްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މީގެ އިތުރުން ސޯޝަލް މީޑިއާ ހެކްކޮށްގެން އެކި މީހުންގެ ނަމުގައިވެސް ދަނީ ސްކޭމްތައް ހިންގަމުންނެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށް އަމިއްލަ މައުލޫމާތާއި ބޭންކް މައުލޫމާތު ހިއްސާ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *