ތަފާތުވުމަކީ ބާރެއް ކަމަށް ދެކުމަށް ރައީސް ޑރ. މުއިއްޒު ގޮވާލައްވައިފި

ތަފާތުވުމަކީ ބާރެއް ކަމުގައި ދުށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ސުލްހަވެރިކަމާއެކު އެއްބަޔަކު އަނެއް ބަޔަކު ދިރިއުޅޭ ދުވަހާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ހުންނަ ތަފާތުތައް ބަލައިގަންނަން ޖެހޭ ކަމަށެވެ.

އަދި އެ ތަފާތުތަކަކީ ބާރެއް ކަމުގައި ދެކި އަޅުގަނޑުމެންގެ ތަރައްގީއަށް ވާސިލުވުމަށް މަސައްކަތްުކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

އަދި ސުލްހަވެރިކަމާއި ފާގަތިކަމުގައި ދިރިއުޅެން އެންމެން ޝާމިލުކޮށް އެއްބަޔަކު އަނެއް ބަޔަކު ބަލައިގަންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދިވެހި މުޖުތަމައުގެ ތެރޭގައި އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުން ބާކީ ކުރުން ނިމުމަކަށް ގެންނަން ރާއްޖޭގެ ސަރުކާރުތަކުން އަބަދުވެސް މަސައްކަތް ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *