ފޭރިގެން ކަޅުތުއްތު ހައްޔަރު ކޮށްފި

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި، ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މީހަކު، ފޭރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.

ފުލުހެއްގެ ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވި މީހަކީ، ހ. ރެދަން، ފަވާޒް ކަޅުތުއްތު އެވެ. ރިކޯޑްތަކުން ދައްކާ ގޮތުގައި އޭނާ މީގެ ކުރިންވަނީ ތޫނު އެއްޗަކުން ބިރު ދައްކައި ފޭރުނު މައްސަލައެއްގައިވެސް ހައްޔަރުކޮށްފައެވެ. އޭނާއަކީ ރެކޯޑްތައް ދައްކާ ގޮތުން ކުށުގެ ރެކޯށްތައް ގިނަ މީހެކެވެ.

މިހާރު އަނެއްކާވެސް އޭނާ ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާއިރު، މި ފަހަރު އޭނާއަށް ޖަހާފައިވަނީ ވާނުވާ ބަންދެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނާގެ މައްޗަށް އެ މައްސަލައިގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޮގަސްޓް 30، 2012 ގައެވެ. މި މައްސަލަ އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރިނަމަވެސް ހައިކޯޓުންވެސް ވަނީ ފަވާޒް ކަޅުތުއްތު ޖަލަށްލާން ކުރި ހުކުމަށް ތާއީދުކޮށްފަ އެވެ.

ރެކޯޑްތަކުން ދައްކާ ގޮތުން ފަވާޒްވަނީ އެކި މައްސަލަތަކުގައި 50 އަކަށް ފަހަރު ބަންދުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *