ގުދުރަތީ ނިއުމަތް ރައްކާތެރި ކުރެވޭނީ ދިރޭތަކެތި ހިމާޔަތް ކޮށްގެން: ރައީސް

ޤުދުރަތީ ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ދިރޭތަކެތީގެ ނަސްލުގެ ދުވަހުގެ ތަހުނިހާ އަރިސް ކުރަށްވައި މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ޤުދުރަތީ ރީތިކަމަކީ، ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިޢުމަތް ކަމަށާއި، މި އަގުހުރި ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭ ތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށެވެ.

މިއަދު ފާހަގަ ކުރާ މިއަހަރުގެ ދިރޭ ތަކެތީގެ ނަސްލުގެ ދުވަހުގެ ޝިއާރަކީ “ބީ ދަ ޗޭންޖް” އެވެ.

ޤުދުރަތީ ނިޢުމަތަށް ރައްކާތެރިވެވޭނީ، ދިރޭތަކެތީގެ ނަސްލު ޙިމާޔަތްކޮށް ދަމަހައްޓައިގެން ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ދާދިފަހުން އެނިމަލް ވެލްފެއަރ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ވާލާއި ކާޅާއި އެކު ދިރިއުޅެން ދިވެހިން ދަސްކުރަން ޖެހޭކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *