ސިޓީތަކުގައި ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ގާއިމުކުރަނީ

ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ބައިސްކަލް ފަދަ ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

ދުނިޔޭގެ ބައިސްކަލް ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައިސްކަލަކީ ދަތުރުފަތުރުގައި އެންމެ ފަސޭހަ ވަސީލަތް ކަމަށެވެ. ބައިސްކަލަކީ ތިމާވެއްޓާ ރައްޓެހި ވަސީލަތަކަށްވެފައި އަގުހެޔޮ ވަސީލަތެއް ކަމަށްވެސް ރައީސްގެ ޕޯސްޓްގައި ފާހަގަކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސިޓީތައް ތޮއްޖެހެމުންދާތީ އެއްގަަމު ދަތުރުފަތުރުގައި ބައިސްކަލް ބޭނުން ކުރުމަކީ ކުރުން މުހިއްމު ކަމެއް ކަމަށެވެ.

"މިއީ ވިސްނާލަންޖެހޭ ކަމެއް. އެހެންވެ ރާއްޖޭގެ ހުރިހާ ސިޓީތަކެއްގައި ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ތަރައްގީކުރަން ސަރުކާރުން މަސަައްކަތް ކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ސިޓީ ތަކުގެ ތެރެއިން ތިނަދޫ ސިޓީ ކައުންސިލުން ވަނީ ކުއްޔަށް ބައިސްކަލް ދޫކުރުމުގެ ހިދުމަތް ފަށާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *