ރައީސް ޑރ. މުއިއްޒުގެ އަރިހަށް ސައުދީ ހައްޖު މިނިސްޓަރ އިހްތިރާމްގެ ޒިއާރަތެއް ކުރައްވައިފި

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ، ހިޒް އެކްސެލެންސީ ޑރ. ތައުފީގް އެފް އަލްރަބިޔާ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހައްޖުވެރިންނާ މެދު އޯގާތެރިކަމަށްޓަކައި ދެ ހަރަމްގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދާއި ރޯޔަލް ހައިނެސް ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި މޯލްޑިވްސް ހިމެނުމުން ދަތުރުފަތުރަށް ވަރަށް ބޮޑަށް ލުއިވެފައިވާކަން ފާހަގަކުރައްވައި، މިއަހަރުގެ ހައްޖުގައި ފޯރުކޮށްދޭ ޚާއްޞަ މެހެމާންދާރީއާއި އެކޮމޮޑޭޝަނަށް ސުކުރު އަދާކުރައްވާފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *